ads
ޝަހީމް
ސިއްހީ މައްސަލައަކާ ޝަހީމް އިމާމުވެ ތަރާވީހް ކުރެއްވުން މެދުކަނޑާލައްވައިފި
ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ، ސިއްހީ މައްސަލައަކާ ހެދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީހު ނަމާދުކުރުން މިރެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައްވައިފި އެވެ.

ޝަހީމް އިމާމުވެ ތަރާވީހު ނަމާދު ކުރައްވަނީ ހުޅުމާލޭގައި ހުންނަ މަސްޖިދު ރަޝީދުގަ އެވެ. މިދިއަ އަހަރުން ފެށިގެން އެ މިސްކިތުގައި އޭނާ ތަރާވީހު ނަމާދު އިމާމުވެ ކުރައްވަމުން ގެންދެވީ ރޯދަމަހު ހަތިމް ނިންމަވާ ގޮތަށް ކޮންމެ ރެއަކު 20 ރަކުއަތެވެ. ނަމަވެސް މި ރޯދަމަސް ފެއްޓެވީ ވެސް އަށް ރަކުއަތާއި ވިތުރީގެ ތިން ރަކުއަތް ކުރައްވާ ގޮތަށެވެ.

ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން އިމާމުވެ ތަރާވީހު ނުކުރައްވަން ނިންމެވީ ޑޮޮކްޓަރުން ލަފާގެ މަތިން ކަމަށެވެ. އެކަމަކު ދިމާވީ ކޮން ސިއްހީ މައްސަލައެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

"އަވަސް ސާޖަރީއަކަށް ދާތީވެ އެންމެހާ އަހުންނާއި އުހުތުންގެ ހެޔޮ ދުއާއަށް އެދެން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އަދި ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އަނބުރާ އިމާމުވެ، ނަމާދުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޝަހީމަކީ ވަރަށް ކީރިތިކޮށް ގުރުއާން ވިދާޅުވާ ބޭފުޅެކެވެ. ޝަހީމް އިމާމުގެ ތަރާވީސް ނަމާދު ކުރައްވާތީ މަސްޖިދު ރަޝީދަށް ވަރަށް ގިނަ ބަޔަކު ދެ އެވެ. މީގެ އިތުރުން ފަހު ދިހައެއްގެ ރޭތަކުގައި އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ވެސް ކުރައްވަނީ ޝަހީމެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް