ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިގްތިސާދީ މާހިރުންގެ އަޑު އަހަންޖެހޭ: ގައްސާން
އިގްތިސާދީ މާހިރުންގެ އަޑު ސަރުކާރުން އަހަންޖެހޭ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގައްސާން ވިދާޅުވީ އިދިކޮޅު ފަރާތްތައް އޮތީ ޒިންމާދާރުކަމާއި އެކު ގައުމަށް ފައިދާވާ ކޮންމެ ކަމެއްގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަމަށެވެ. އަދި ހަމަނުޖެހުން އުފައްދާ އިގްތިސާދަށް ގެއްލުންވާނެ ކަންކަމަށް ގޮވާނުލާނެ ކަމަށް ވިދާޅުވި އެވެ. 

އިގްތިސާދީގޮތުން ވެއްޓޭ އަނދަވަޅުން އަރައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ތިން މަރުހަލާ ކަމުގައިވާ ކުރު ރާސްތާ، މެދުރާއްސާ އަދި ދިގު ރާސްތާ ޕްލޭންގެ ތެރެއިން ދިގު ރާސްތާއަށް ތާއީދު ކުރާ ކަމަށް ވިދާޅުވިއެވެ. އަދި ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވާވުން ނިންމުމަކަށް ގެންނަންޖެހޭކަމަށް ވިދާޅުވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ތަންފީޒުކޮށްފައިވަނީ ރައީސް ޔާމީންގެ އިކޮނޮމިކް ރިފޯމް އެޖެންޑާ އެއްކަމަށް ގައްސާން ވިދާޅުވި އެވެ.

"އެއީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން މުޅި އިގްތިސާދު ބަދަލުކުރުމަށް ފެއްޓެވި މަސައްކަތްޕުޅެއް. ޕޯޓުގެ މަސައްކަތް ރާއްވަވާފަ އެއޮތީ ބްރިޖުން ގުޅިފަ އޮތް ހުޅުމާލެއަކާ. މެޑިކަލް ދާއިރާއަށް ގެންނަވަން ފައްޓަވާފަ އޮތް ބަދަލުތައް އެހެރީ ރައްޔިތުންނަށް ފެންނަން."

ސަރުކާރުން ހުށަހަޅާފައިވާ ޕްރޮގަރާމުގައި ގިނަ ކަންކަން އެބަހުރިކަން ފާހަގަކޮށް ގައްސާން ވިދާޅުވީ، ބޮޑެތި އަދި މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މިކަމުގައި ސީދާ އަސަރުކޮށްފައިވާ ރައްޔިތުންނަށް ފައިސާދޭނެ ޕެކޭޖެއް ހަދަންޖެހޭ ކަމަށާއި، އެ ފައިސާއަކީ އަނބުރާ ދައްކަންޖެހޭ އެއްޗެއްގެ ގޮތުގައި ހަދައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ގައްސާން ވަނީ މެޑިކަލް ފަރާތްތަކުގެ އަޑު އައްސަވައިގެން ފިޔަވަޅުތައް އަޅުއްވަމުންދާގޮތަށް އިގްތިސާދީ ފަރާތްތަކުގެ އަޑުއައްސަވައިގެން ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް މަސައްކަތްކުރެއްވުމަށް ރައީސް ސޯލިހަސް އިލްތިމާސް ކުރައްވާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް