ads
އަބްދުﷲ ޝާހިދާއި އަބްދުﷲ މުއްތަލިބް
ޝާހިދުގެ ވާހަކަތަކަށް މުއްތަލިބްގެ ރައްދު، އިހްމާލުވީ ތި ސަރުކާރުން
މ. ރަތްމަންދޫގައި މިދިޔަ ސަރުކާރުން ފެށި ތަރައްޤީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ބުނެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރ އަބްދުއް ﷲ މުއްތަލިބު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
Advertisement

މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި މ. ރަތްމަންދޫގައި ހުންނަވާ ޝާހިދު ވިދާޅުވީ ‏ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުން ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފއިވާކަމަށެވެ. އެގޮތުން ރަތްމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި އިންޖީނުގެގޭ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. 

މި ވާހަކަތަކަށް ރައްދުދެއްވަމުން އިންފްރާސްޓްރަކްޗަރ މިނިސްޓަރ އަބްދުއް ﷲ މުއްތަލިބު ވިދާޅުވީ މ. ރަތްމަންދޫގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު ހުއްޓިފައިވަނީ މިދިޔަ ސަރުކާރުގައިކަމަށެވެ. އަދި ސޮއި ކުރިތާ 2 އަހަރުވީއިރު ކުރެވިފައިވަނީ އެންމެ %26 މަސައްކަތްކަމަށްވެސް މުއްތަލިބު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ މަސައްކަތްތަކަށް ފެނަކައާ ހަވާލުކޮށްފައިވަނީ އެކަންކަން ކުރުމުގެ ގާބިލުކަން އެ ކުންފުނީގައި ނެތީސްކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ. 

" ފެނަކައިގަ މިފަދަ ޕްރޮޖެކްޓް ހިންގުމުގެ ޤާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް އެކުންފުންޏާ ޙަވާލު ކުރުމަކީ އެރަށްތަކުގެ ރައްޔިތުންނަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިދިޔަ ސަރުކާރުން ވެފައިވާ އިހުމާލެއް." މުއްތަލިބި ވިދާޅުވިއެވެ.

ތަރައްގީއަށް ފަށާފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ މިސަރުކާރުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ތަރައްގީއަށް ހޭދަކޮށްފައިވަނީ  300 މިލިއަންކަމަށާއި އެމްޑީޕީން މިދިޔަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ތަރައްގީއަށް 1.7 ބިލިއަން ހޭދަކޮށްފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު މިހެން ވިދާޅުވެ ވާހަކަދައްކަވާފައިވާއިރު ޑރ މުއިއްޒުގެ ވެރިކަން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރެއްވީ ރައީސް ޔާމީންވެސް ވަނީ  މި މޭރުމުން ވާހަކަ ދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 2 މަހަށްވުރެ އެމްޑީޕީ ވެރިކަމުގައި 2023 ވަނަ އަހަރު ޖެނުއަރީ ފެބްރުއަރީގައި ރައްޔިތުންގެ ބޭނުންތަކަށް ތަރައްގީއަށް ކުރި ހޭދަ މާބޮޑުކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ނުވެ ހުއްޓުފައިވަނީ ސިޔާސީ މަގާމުތަކަށް އައްޔަންކުރި ފަރާތްތަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ހޭދަކުރަންޖެހޭ ވަރު ގިނަވުމުންކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް