ads
ވައިކަރަދޫ ގެންދިޔަ ޖަނަރޭޓަރު އިންސްޓޯލްކޮށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަނީ
7 ދުވަސް ފަހުން ވައިކަރަދޫއަށް ކަރަންޓް ދީފި
ހދ ވައިކަރަދޫ ކަރަންޓް ކެނޑޭތާ 7 ދުވަސްފަހުން އެރަށަށް ޖަނަރޭޓަރެއް ގެންގޮސް ކަރަންޓްދޭން މިއަދު ހެނދުނު ދޭން ފަށަައިފިއެވެ.

ވައިކަރަދޫ އަށް ކަރަންޓް ދެމުން އަންނަ އިންޖީނެއް ހަލާކުވެ އެ ރަށުން ކަރަންޓް ކެންޑެން ފެށީ މިދިޔަ ހޯމަދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން އެރަށަށް ކަރަންޓް ދެމުން އަންނަނީ ވަކި ޝެޑިއުލެއް ހަދައިގެން އެކި ވަގުތު އެކި ސަރަހައްދުތަކަށެވެ. ކަރަންޓް ކެނޑުނު ފަހުން 4 ދުވަހަށް ކެތްކުރުމަށްފަހު އެރަށު ރައްޔިތުން ވަނީ ފެނަކަ އޮފީސް ކައިރިއަށް ނުކުމެ މުޒާހަރާވެސް ކޮށްފައެވެ. 

ފެނަކައިން މިއަދު ހެނދުނު ބުނީ ވައިކަރަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް  ހޯދުމަށް  އެ ރަށަށް ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރު  ބަހައްޓައި މުޅި ރަށަށް ކަރަންޓު ދޭން މިހާރު ވަނީ ފަށާފައިވާކަމަށެވެ. 

ކަރަންޓް ދާން ފެށިފަހުން ކޮންމެ ދުވަހަކުވެސް ރައްޔިތުން ރޯދަ ވީއްލަމުން އަންނަނީ އަނދިރީގައިކަމަށް ވައިކަރަދޫ މީހުން ބުނެއެވެ. 

ވައިކަރަދޫ ފެންވަރަށް ހުރި މީހަކު ކަރަންޓް ކެނޑުމުން ފެންވަރަން ހުރި ގޮތަށް ސައިބޯނިތަކާއި އެކު ނުކުމެ ނުރުހުން ފާޅުކުރަމުންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް