ads
ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތުގެ ތެރެއިން
ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ފަށައިފި
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތް ފަށައިފިއެވެ.

އޮފީސް ޓޭޕްބޯލްގެ ފެށުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުންވަނީ މޮޅަކާއެކު ފާހަގަކޮށްފައެވެ. ގްރޫޕް އޭގެ ފުރަތަމަ މެޗުން ސިފައިންގެ ކުލަބު މޮޅުވީ ޓީމު ޚާރިޖީއާ ބައްދަލުކޮށް ފަސް ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން ޓީމު ޚާރިޖީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 90 ލަނޑެވެ. ޖަވާބުގައި ސިފައިންގެ ކުލަބު ކުޅެން އަރައި 501 އޯވަރުގެ ތެރޭގައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 91 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.

ގްރޫޕް އޭގެ ދެވަނަ މެޗުން ކަސްޓަމްސް މޮޅުވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ބައްދަލުކޮށް ހަތަރު ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން ކުޅިވަރާ ބެހޭ ވުޒާރާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 126 ލަނޑެވެ. ޖަވާބުގައި ކަސްޓަމްސް ކުޅެން އަރައި ހަތްވަނަ އޯވަރުގައި ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 129 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.

މި ފަހަރުގެ އޮފީސް މުބާރާތުގައި އަށް ޓީމެއް ބައިވެރިވެފައިވެއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް