ads
އަނީސް ހިލްމީ
ކުޑަ ކުއްޖަކާ ބެހުނު އަނީސް ހިލްމީ ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފި
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާލިބޭ އަނީސް ހިލްމީ ހައްޔަރު ކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.

މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް، 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާލިބޭ އަނީސް ހިލްމީ ހައްޔަރު ކުރަން ހައިކޯޓުން އަމުރު މިއަދު އަމުރު ކުރީ، ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުންނެވެ. ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާލިބޭ އަނީސް ހިލްމީ ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައެޅީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިއީ، ޖޫން، 2020 ގައި މާލޭގައި 11 އަހަރުގެ އަންހެން ކުއްޖަކަށް އެކި ބާވަތުގެ ތަކެތި ގަނެދީ، ގްރޫމްކޮށްގެން، އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ މައްސަލައެވެ. 

އެ މައްސަލައާ ގުޅިގެން އަނީސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު އޭނާ ބަންދުން ދޫކޮށްލީ އޭނާ ބަންދުގައި ހުރިއިރު ގަވާއިދާ ހިލާފް ކަމެއް ނުކުރާތީ އާއި އެ މައްސަލާގައި ހެކިބަސް ނެގުން ނިމިފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ދީބާނާޒެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް