ads
ޓްރާންސްޕޯޓްގެ ކުޅުންތެރިން
ޓްރާންސްޕޯޓާ މީރާ މޮޅުވެއްޖެ
ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލް މުބާރާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓްސް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ،

ގްރޫޕް ބީގެ ފުރަތަމަ މެޗުން ޓްރާންސްޕޯޓް މިނިސްޓްރީ މޮޅުވީ މޯލްޑިވްސް އިމިގްރޭޝަނާ ބައްދަލުކޮށް ހަތް ވިކެޓުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން އިމިގްރޭޝަން އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 123 ލަނޑެވެ. ޖަވާބުގައި ޓްރާންސްޕޯޓް މިނިސްޓްރީ ކުޅެން އަރައި 7.4 އޯވަރުގެ ތެރޭގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 125 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.

ގްރޫޕް ބީގެ ދެވަނަ މެޗުން މީރާ މޮޅުވީ ރައީސް އޮފީހާ ބައްދަލުކޮށް 56 ލަނޑުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން މީރާ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 138 ލަނޑު ހަދާފައެވެ. ޖަވާބުގައި ރައީސް އޮފީސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް