ads
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ އާއި ގޯތި ހަވާލުކުރުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ހުޅުލާލެއިން ލިބުނު ގޯތިތަކުގެ ވަށާފާރު ރާނަން މިހާރު ހުށައެޅޭނެ
ބިންވެރިޔާ ސްްކީމްގެ ދަށުން ހުޅުލާލެއިން ގޯތި ލިބުނު ފަރާތްތަކަށް އިންފާރު ރޭނުމަށް މިހާރު ހުއްދައަށް އެދި ހުށައެޅޭނެކަމަށް ހުޅުމާލޭ ޑިވޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ އިންފާރު ރޭނުމަށް އެދި އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެކަމަށެވެ. އަދި ސެންޓަރް މޯލުގައި ހުންނަ އެ ކުންފުނީގެ ކަައުންޓަރުންވެސް ފޯމު ބަލައިގަންނަމުން ގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ. 

ހުއްދައެއް އެދޭއއިރު ހުށައަޅަންޖެހޭ ތަކެތި 

  • ޕްލޮޓް އެގްރީމެންޓް 
  • އައިޑީކާޑު 
  • ޕްލޮޓްގެ ރަޖިސްޓްރީ 

އިންފާރު ރޭނުމަށް ހުށައަޅާއިރު އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި އޮތް ގޯއްޗެއްނަމަ ޕަވަރ އޮފް އެޓާނީ ހުށައަޅަން ޖެހޭނެކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިކަންކަމަށް ބޭނުންވާ ފޯމުތައް ވެބްސައިޓާއި ކައުންޓަރުން ލިބެން ހުންނާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ. 

your imageބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ޕްލޮޓުތައް ސާފުކޮށް، ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ 

މާލޭ ރަށްވެހިންނަށް ގޯތި ދޭން ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން 9001 ގޯތި ދޭން ނިންމިއެވެ. އޭގެތެރެއިން 1351 ގޯއްޗަކީ ހުޅުމާލެއިން ދޫކުރާ ގޯއްޗެވެ. މިިދޔަ ސަރުކާރު ނިމުނު އިރު މީގެތެރެއިން ބައެއް ބިންތައް ވަނީ އެ ބިންތައް ލިބުނު ފަރާތްތަކާއި ހަވާލުކޮށްފައެވެ. 

އެހެންނަމަވެސް ވެރިކަން ބަދަލުވި ފަހުން ބިންތައް ހަވާލުނުކުރާތީ އާއްމުންގެ ކަންބޮޑުވުންތައް އިތުރާވާން ފެށުމުން އެޗްޑީސީން ބުނީ ބައެއް ބިންތައް ހުރީ އަސާސީ ހިދުމަތްތައް ދޭ ނެޓްވޯކާއި ބައެއް މަގުތައް މައްޗަށް އަރާ ގޮތަށެވެ. އެހެންކަމުން އެ ކަންކަނ ރަނގަޅުކޮށްގެން ނޫނީ ބިންތައް ދޫނުކުރެވޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ހިދުމަތްތައް އެހެން ދިމާތަލަށް ބަދަލުކުރަން 200 މިލިއަން ރުފިޔާ ހަރަދުވާނެކަމަށްވެސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ ވިދާޅުވެފައެވެ. 

އެޗްޑީސީގެ މިވާހަކަތައް ކުރީގެ ހައުސިން ސްޓޭޓް މިނިސްޓަރ އަކްރަމު ކަމާލުއްދީން ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ބިން ދޫކުރަން ޕްލޮޓްތައް ކަނޑައެޅީ އެޗްޑީސީން ދިން ލޭންޑް ޔޫޒް ޕްލޭންގައިވާ ގޮތަށެވެ. 

ބިންވެރިޔާ ސްކީމުންގެ ދަށުން ބިން ލިބުނު މީހުންނަށް ހަވާލުނުކޮށް ހުރި ބިންތައް ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންކަމަށް އެކުންފުނިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް