ads
އަހްމަދު ރަޝީދު
އަހުމަދު ރަޝީދު ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، އިންތިހާބުގައި އަލުން ވާދަކުރައްވަން ބޭނުންވެ، އިލެކްޝަންސްއާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދުވަނީ، ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވުމަށް ފަހު، ފަހުން އަނބުރާ ގެންދަވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ރަޝީދު ނަން އަނބުރާ ނެންގެވީ ރޯދަ މަހު އިންތިހާބު އޮންނާތީއެވެ. އަދި އަލުން އިންތިހާބުގައި ބައިވެރިވާން ބޭނުންވީ އިންތިހާބުގެ ތާރީހު ފަސްކުރުމުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެކަމަކު އޭގެ ތަފްސީލެއް އަދި ނުލިބެއެވެ.

އަހުމަދު ރަޝީދުވަނީ އެ މައްސަލަ އިންތިހާބީ ޝަކުވާގެ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅާފަ އެވެ. އެމައްސަލަ ހައިކޯޓަށް ބަލައި ނުގަންނަން ނިންމައި ހައިކޯޓުގެ ރަޖިސްޓްރާ ސޮއި ކުރައްވާ އެ މައްސަލަ މިއަދުވަނީ ހައިކޯޓުން ބޭރުކޮށްފައެވެ. 

އަހުމަދު ރަޝީދަކީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް