ads
ނަމާދުން ފައިބައިގެން ދިޔަ އަލީ ނަސީރުގައިގަ ޖެހުނު ސައިކަލް
ރޭސިން ސައިކަލަކުން ޖެހި ދުވަސްވީ މީހެއް އައިސީޔޫގައި
ރޭސިން ސައިކަލަކުން ޖެހި އަނިޔާވި އުމުރުން ދުވަސް މީހަކަށް އައިސީޔުގައި ފަރުވާދެމުން ދާކަމަށް އައިލާއިން ބުނެފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އުމުރުން 69 އަހަރުގެ އަލީ ނަސީރު  ހުޅުމާލޭ، ރަޝީދު މިސްކިތުން ތަރާވީސް ނަމާދުން ފައިބައިގެން ގެއަށް ދަނިކޮށްކަމަށް އާއިލާއިން ބުނެއެވެ.

ރޭސިން ސައިކަލުން ޖެހި ހިނގި އެކްސިޑެންޓްގައި އަލީ ނަސީރަށް  ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަމަށްވެސް އާއިލާއިން ބުނެއެވެ. 

އެގޮތުން ފަސް އިންޗިއަށްވުރެ ބޮޑަށް ބޯފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި މި ވަގުތު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. 

ފުލުހުން ބުނީ މި މައްސަލައިގައި 27 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި، އެ މައްސަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް