ads
ލަންކާ ކުޅުންތެރިން ބޫޓާން މެޗުގައި
ބޫޓާން އަތުން ލަންކާއަށް މޮޅެއް
އަވައްޓެރި ސްރީލަންކާގައި މިހާރު ކުރިއަށްދާ ފީފާ ސީރީސްގައި، ބޫޓާން އަތުން ލަންކާ މޮޅުވެއްޖެއެވެ.

ރޭސް ކޯސް ސްޓޭޑިއަމްގައި ފުލް ހައުސްގައި މިރޭ ކުޅުނު މެޗުން ލަންކާ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ.  މި މެޗުގައި ލަންކާއަށް ނިސްބަތްވާ ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ކުޅުނެވެ. 

މި މެޗުން ލަންކާމޮޅުވެފައިވާއިރު، ފުރަތަމަ މެޗުގައި ލަންކާވަނީ ޕަޕުއާ ނިއުގިނީއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. ފީފާ ރޭންކިންގައި ލަންކާ އޮތީ 204 ވަނައިގައެވެ. ޕަޕުއާ ނިއުގިނީ އޮތީ 165 ވަނައިގައެވެ. 

ލަންކާއާ ބޫޓާން އަދި ޕަޕުއާ ނިއުގިނީގެ އިތުރުން މި މުބާރާތުގައި ދެން ކުޅެނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްއަކީ ފީފާ ރޭންކިންގެ 129 ވަނަ އެވެ.

ލަންކާގައި ކުރިއަށްދާ މި މުބާރާތަކީ ފީފާގެ އެހީތެރިކަމާއެކު ކުރިއަށްދާ މުބާރާތެކެވެ. ކުރިން ފޯނޭޝަންސް ކަޕްގެ ނަމުގައި މި މުބާރާތް 2021 ވަނަ އަހަރު ބޭއްވިއިރު، ރާއްޖެވެސް އެ ފަހަރު ކުޅުނެވެ. އެހެންނަމަވެސް މި ފަހަރު ރާއްޖެއަކަށް ދައުވަތެއް ނުދެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް