ads
ވިލިމާލޭގެ ގެއަކަށް ރައީސް މުއިއްޒު ކުރެއްވި ޒިޔާތަރުގެ ތެރެއިން
ގެދޮރު ހަދަން ލޯނަށް ހުޅުވާލަނީ %5 އިންޓްރެސްްޓް ބޮޑެއް ނުވާނެ: ރަޢީސް
ގެދޮރު ހަދަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ލުއި ލޯނުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުން މަޖީލީހުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ މި ލޯނަކީ އަމިއްލަ ގެދޮރު ހުރެ، އެ ގޭގައި ނުވަތަ އެ ގޯތީގައި ގެއެއް އިމާރާތް ކުރެވޭނެ ފަދަ ތަނަވަސްކަން ނެތް  އަދި އާންމުކޮށް މި ހުންނަ ކޮމާޝަލް ރޭޓްތަކުގައި ބޭންކަށް ގޮސް ލޯނު ނަގައިގެން ގެ ނެހެދޭނެ ފަރާތްކަށް އަތް ފޯރާފަށުގައި ލުއި ލޯން ލިބޭނެ ސްކީމެއް ކަމަށެވެ. 

އަދި މި ލޯންތަކުގެ އިންޓަރެސްޓް ރޭޓް 5 ޕަސެންޓަށް ވުރެ މަތި ނުވާނެކަމަށާއި މި ލޯނު ސްކީމާ ގުޅޭ ވަރަށް ގިނަ މަސައްކަތްތަށް މިދިޔަ 100 ދުވަސްތެރޭގައި ކޮށްފައިވާކަމަށެވެ. 

"މިހާރު ހަމަ ގާތްގަނޑަކަށް އަޅުގަނޑުމެންގެ ހުރިހާ ފަންނީ، ޓެކްނިކަލް ހުރިހާ މަސައްކަތްތަކެއް ނިމުމަކާ ހަމަ އަށް ގޮސްފައި އެވަނީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ ހަމަ ވަރަށް އަވަހަށް ދެން ބާކީ ހުރި ހުރިހާ ކަންކަން ނިންމައިލައިގެން، އަޅުގަނޑުމެންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ލޯންތަތަކީ ކޮންވެންޝަނަލް އަދި އިސްލާމިކް ފައިނޭންސް ލޯނުތަކެއްކަމަށެވެ. 

ލޯންތަކުގެ ތަފްސީލެއް ނުދެއްވި ނަމަވެސް ރައީސް ވިދާޅުވީ ގެ ނުވަތަ އިމާރާތް އަޅަން ފެށުމަށް ފަހު ވަކި ހިސާބަކަށް ގޮސް ނުނިމި ހުރި ގެތައް ނިންމުމަށްވެސް ހައްސަ ލޯނެއް "ހޯމް ކޮމްޕްލިޝަން ލޯން" ގެ ނަމުގައި ތައާރަފުކުރާނެކަމަށެވެ.

މީ  ލޯންތައް މިއަހަރުގެ ތެރޭގައި ދޫކުރަން ފަށާނެކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެންމެ ގިނަ މީހުން އުޅެނީ މާލޭ ސީޓގައިކަމަށްވެފައި މި ހާލާތު އެންމެ ބޮޑީ މާލޭގައި ކަމުން މި ސްކީމުން އެންމެ ގިނަ ފުރުސަތު ދޭނީ މާލޭ ރައްޔިތުންނަށްކަމަށެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް