3 މީހުންނަށް ވާވަރަށް ބަރަބޯ މަސްހުނި ހަދަން ބޭނުންވާ ތަކެތި:
1 މެދު ސައިޒުގެ ފިޔާ
3 ހިކަނދިފަތް
¼ ގިތެޔޮމިރުސް (ނޫނީ ބޭނުން ވަރަކަށް)
¼ ލުނބޯ (ނޫނީ ބޭނުން ވަރަކަށް)
¼ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
½ ޖޯޑު ހުނި
1 މަސްދަޅު
1 ޖޯޑު ފެނުކައްކާފައި ހުރި ބަރަބޯ (ރަނގަޅަށް ފުރާނާފައި)
ކުޑަ ލޮނު ކޮޅެއް
ކުޑަ އަސޭ މިރުސް ކޮޅެއް
ތައްޔާރު ކުރާނެގޮތް:
ފިޔާ، މިރުސް، ހިކަނދިފަތް، އަސޭމިރުސް އަދި ލޮނު އެއްކޮށް ފިޔާކޮޅު މަޑުވެލަންދެން މޮޑެލާށެވެ. ދެން އޭގެ ތެރެއަށް ހުނިކޮޅު އަޅައި މޮޑެލާށެވެ. އަދި މަސްކޮޅާއި ލުނބޯހުތް އަޅައި މޮޑެލާށެވެ. އެއަށްފަހު، ބަރަބޯ ކޮޅު އަޅާފައި ރަނގަޅަށް މޮޑެލާށެވެ. ނިންމާލުމުގެ ކުރިން ރަހަ ބަލާލާފައި ބޭނުން ގޮތަކަށް ލޮނު ހެޔޮވަރު ކޮށްލާށެވެ.