ads
ކްރިކެޓް ކާނިވަލުގެ ތެރެއިން
ކަސްޓަމާ ސްޕޯޓްސް މިނިސްޓްރީ މޮޅުވެއްޖެ
ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ މޮޅުވެއްޖެއެވެ.

ގްރޫޕް އޭގެ ފުރަތަމަ މެޗުން ކަސްޓަމްސް މޮޅުވީ ޓީމު ޚާރިޖީއާ ބައްދަލުކޮށް 89 ލަނޑުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން ކަސްޓަމްސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ ވަނީ 183 ލަނޑު ހަދާފައެވެ. ޖަވާބުގައި ޓީމު ޚާރިޖީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 94 ލަނޑެވެ.

ގްރޫޕް އޭގެ ދެވަނަ މެޗުން ކުޅިވަރާ ބެހޭ ވުޒާރާ މޮޅުވީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާ ބައްދަލުކޮށް ފަސް ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން ސިފައިންގެ ކުލަބު ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 81 ލަނޑެވެ. ޖަވާބުގައި ކުޅިވަރާ ބެހޭ ވުޒާރާ ކުޅެން އަރައި ފަހު އޯވަރުގައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 82 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް