ads
ޖަޕާނުން ރާއްޖެއަށް ހަމަޖައްސާފައި ހުންނަ ސަފީރު ޓަކިއުޗީ މިޑޮރީއާ އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން
ޖަޕާނުން އެންޑީއެމްއޭ އަށް 4 މިލިއަން ޑޮލަރުގެ އެހީ
ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ގޮތުން ޖަޕާން ގްރާންޓް އެއިޑް ގެ ދަށުން 600 މިލިއަން ޖަޕަނީސް ޔެން (4 މިލިއަން އެމެރިކާ ޑޮލަރުގެ) ގެ އެހީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރަށް ދިނުމަށް ނިންމައިފިއެވެ. އެއްބަސްވުމުގައި އިއްޔެ ވަނީ މިނިސްޓްރީ އޮފްފޮރިން އެފެއާޒްގައި ސޮއިކުރެވިފަ އެވެ.

މިކަމުގެ އެއްބަސްވުމުގައި އިއްޔެވަނީ ފޮރިން މިނިސްޓްރީން ސޮއިކޮށްފައެވެ، މި އެއްބަސްވުމުގެ ދަށުން ފަޔަރ ވެހިކަލްއާއި، އަލިފާން ނިއްވާ ޕަންޕު، ފެން ހިއްކާ ޕަންޕު އަދި ސްލަޖް ސަކްޝަން ޓްރަކް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ހަވާލުކުރާނެއެވެ. 

އެއްބަސްވުމުގެ ދަށުން ލިބޭ ތަކެތި 

  • 04 ފަޔަރ ފައިޓިންގ ވެހިކަލް
  • 264 ފެން ހިންދާ ޕަންޕު
  • 40 އަލިފަން ނިއްވާ ޕަންޕު
  • 01 ސްލަޖް ސަކްޝަން ޓްރަކް

މީގެތެރޭގައި ހިމެނޭ ފަޔަރ ފައިޓިންގ ވެހިކަލް ތަކާއި އަލިފާން ނިއްވާ ޕަންޕު ހަވާލުކުރާނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށްކަމަށް އެންޑީއެމްއޭއިން ބުނެއެވެ. 

ފެން ހިންދާ ޕަންޕުތައް ފޮނުވަނީ މިހާތަނަށް ޕަންޕު ނުދެވޭ ރަށްތަކަކަށްވެސް އެ އޮތޯރިޓީން ބުނެއެވެ. އަމާޒަކީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެން ބޮޑުވުމުގެ ކާރިސާތަކަށް އިޖާބަދިނުމުގެ ވަޞީލަތްތައް ޤާއިމްކުރުންކަމަށް އެންޑީއެމްއޭއިން ބުނެއެވެ. 

މާލެ ސިޓީއަށް ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާރުވެސް ނަރުދަމާ މައްސަލަޖެހި، ނަޖިސް ލީކުވެ ކާނުތައް ބެދުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާތީ މި އެއްބަސްވުމުގެ ދަށުން ލިބޭ ސްލަޖް ސަކްޝަން ޓްރަކް ބޭނުންކުރާނީ މާލޭގައިކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް