ads
ޖޫރިމަނާ ކުރުމުގެ ތެރެއިން
މަގުމަތީ ގަވާއިދާ ހިލާފުވި 18 މީހުން ޖޫރިމަނާ ކޮށްފި
މާލެތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ މާލެ ސިޓީ ކައުންސިލުން ވަނީ މަގުމަތީ ކުނި ބެހެއްޓުމުގެ އިތުރުން ގަވާއިދާ ހިލާފަށް މަގުމަތީ މުދާ ބަހައްޓައިގެން ވިޔަފާރި ކުރާތީ ، 18 މީހަކު ޖޫރިމާނާ ވެސް ކޮށްފައިވާ ކަމަށް މާލޭސިޓީ ކައުންސިލުން ބުނެފި އެވެ.

ރޯދައަށް ގޭ ސާފުކުރުމަށް ފަހު އުކާލާ ކުނި މަގުމަތީގައި ބަހައްޓާ މައްސަލަ މި ފަހުން ވަނީ ވަރަށް ބޮޑުވެފަ އެވެ.

މާލެ ސިޓީ ރީތިކޮށް ބޭއްވުމަށް ޓަކައި ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވަނީ މާލޭގެ މަގުމައްޗަށް ކުނިއަޅާ މީހުން ސީސީޓީވީގެ އެހީގައި ހޯދައި ޖޫރިމަނާކުރަން ވެސް ފަށާފަ އެވެ.

 އެގޮތުން، ނުގަވާއިދުން ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ.

ރޯދަ މަހާ ގާތްކޮށް ގެތައް ސާފުކުރުމަށް ފަހު، ބާ ސޯފާތަކާ، ގޭސް އުނދުނުން ފެށިގެން ތެލިތަށި ވެސް އުކައިލަން ނެރެ މަގުމަތީ ބަހައްޓާފައިވަނިކޮށް، ހަރުކަށި އުސޫލުތަކަކާ އެކު މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތައް ސާފުކުުރުމުގެ މަސައްކަތް ފަށާފަ އެވެ.

އިއްޔެ އެކަނިވެސް އިއްޔެ އެކަނި ވެސް މާލޭގެ މަގުމަތިން 31 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ. 

އެއީ:

  • 350 ކިލޯގެ 20 ޕިކަޕުގެ ކުނި
  • 1.5 ޓަނުގެ 6 ޕިކަޕުގެ ކުނި
  • 2 ޓަނުގެ 3 ޕިކަޕުގެ ކުނި
  • 3 ޓަނުގެ 3 ޕިކަޕުގެ ކުނި ކަމަށް ކައުންސިލުން ބުނެ އެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް