ads
ކުޅުދުއްފުށީ ސިގްނަލް ގޭގައި ރޯވެ އެ ގެ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި - ފޮޓޯ: އެމްއެންޑީއެފް
ކުޅުދުއްފުށީ ގެއެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފި
ކުޅުދުއްފުށި ސިޓީގެ ގެއެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށީ "ސިގްނަލް" ނަމަކަށް ކިޔާ ގެއެއްގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހދ.ކުޅުދުއްފުށީ ފަޔާ ސްޓޭޝަނަށް ލިބުނީ މިއަދު މެންދުރު 13:17 ހާއިރު ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިވުމަށް ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 14:12 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެ ގެއަށް ވަރަށް ބޮޑަށް ގެއްލުންވެފައި ވާ ކަމުގަ އެވެ.

އެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާޒްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ސިގްނަލް ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހުންނަށް ދިރިނޫޅެވޭވަރަށް އެ ގެއަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެގޭގައި ދިރިއުޅުނު އާއިލާއަށް ކައުންސިލާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް