ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެ އެއްބަސްވުމުގައި ސޮއި ކުރީ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެކުގަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފޭސް 3 ގެ ކަރަންޓު ނެޓްވޯކްގެ މަސައްކަތް ފުރިހަމަކުރުމާއި، އެ ސަރަހައްދަގައި ޖީޕޮން ނެޓްވޯކް އެޅުން ވެސް ހިމެނޭ ކަމުގަ އެވެ.
އޭގެއިތުރުން ފޭސް 3 ގެ މަގުތައް ތަރައްގީ ކުރާނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެހެން އަދި ފެނާއި ނަރުދަމާގެ ނިޒާމު ވެސް އިތުރަށް ފުރިހަމަވާނެ ގޮތަށް ކަމަށް އެޗްޑީސީން ބުނެ އެވެ.