ads
އިރުފާން
ސުޕްރީމް ކޯޓުގެ ނިންމުމާއެކު އިރުފާން އަލުން ބަންދަށް
ރާއްޖެ އެތެރެކުރި 72 ކިލޯ ޑްރަގް މައްސަލާގައި ދައުވާލިބޭ އިރުފާން ތަގިއްޔު ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން، އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އިރުފާންއަކީ 2020 ވަނަ އަހަރު ޑިސެންބަރު މަހު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރާ މީހެކެވެ. އިރުފާން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު އޭނާ ބަންދުން ދޫކޮށްލި އެވެ. ނަމަވެސް ދާދިފަހުން ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ގާނޫނާ ހިލާފް ކަމަށް ހުކުމްކޮށްފަ އެވެ.

އިރުފާން އަލުން ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން، އިރުފާން އަލުން ބަންދުކުރަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުންނެވެ. އެ މައްސަލާގައި އިރުފާންގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ.

އިރުފާން ދޫކޮށްލި މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖާ ކުރުމާ ބެހޭ އުސޫލު އިތުރަށް ހަރުކަށިކޮށް، ވަރުގަދަ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް