ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ---- ފޮޓޯ: ޕީއެސްއެމް
ދެކޮޅު ބަޔަކު މަޖިލީހަށް ހޮވައިގެން ރައްޔިތުންނަށް އޮތީ ގެއްލުން: ރައީސް
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހަށް ބަލައިނުގަތީ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު މަޖިލީހުގައި ތިބުމުންކަމަށާއި ސަރުކާރުގެ ސިޔާސަތާ ދެކޮޅު ބަޔަކު މަޖިލީހަށް ހޮވައިގެން ރައްޔިތުންނަ އޮތީ ގެއްލުންކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ)ގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ސޮވްރިން ފަނޑުގައި ހުރި ޑޮލަރު ކުރީގެ ސަރުކާރުން ރުފިޔާއަށް ބަދަލުކުރި ކަމަށާއި އެކިކަހަލަ ބޭނުންތަކަށް ބޭނުން ޖެހުނީމަ ބޭނުން ކުރާ އެއްޗަކަށް ހެދިނަމަވެސް މިސަރުކާރުން އެފަންޑު ހިމާޔަތްކުރުމަށް ވީ ވައުދާއެއްގޮތަށް މަސައްކަތް ފެއްޓެވިކަމަށެވެ. 

"އަޅުގަނޑު މެނިފެސްޓޯގައި ވެސް އަދި ވައުދެއް ގޮތުގައި ވެސް އޮންނާނީ ވެފައި، ސޮވަރިން ޑިވެލޮޕްމަންޓު ފަންޑު ހިމާޔަތްކޮށް އެއީ، މިދިޔަ ސަރުކާރުން އޭގައި ހުރި ޑޮލަރުކޮޅު ރުފިޔާއަށް ވެސް ބަދަލުކުރި. ރުފިޔާގެ ބަދަލުގައި ޑޮލަރު ޖަމާކުރާ ފަންޑެއްގެ ގޮތުގައި ބަންދުކޮށް އެ ފަންޑަށް ޚާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލިސް ތެރެއިން ފާސްކުރަން ބޭނުންވާކަމަށް،" ރައީސް ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ އިގްތިޞާދު ހަމަމަގަށް އެޅުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން މަޖިލީހަށް ފޮނުވި އެންމެ ފުރަތަމަ ބިލަކީ ވެސް ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިހާރު އެއޮތީ ބިލު ބޭރުކޮށްލާފަ. ކޮބާތޯ ސަބަބެއް. އެއްވެސް ސަބަބެއް ނެތް. އެއޮތީ އެކަން ވެސް ކުރެއްވި ގޮތް ފެންނަން. ދެން ކީއްކުރަންތޯ މި ވިސްނުމުގައި ތިބި ބަޔަކު ކުރިއަށް އޮތް މަޖިލީހަށް ހޮވަންވީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ވަނީ މި ފަންޑު ވިއްސިވިހާލި ކޮށްލާފައި ކަމަށާއި މި ފަންޑު ހަމަމަގަށް އެޅުވީ މިސަރުކާރުން ކަމަށެވެ.

އިސްލާމްދީނުގެ ވާހަކަ ދައްކައި ފަސް ވަގުތު ނަމާދު އަދާކުރުމަށް ޕޯޑިއަމްތަކުގައި ގޮވާލާތީ އެ މަނިކުފާނަށް ފުރައްސާރަ ކުރައްވާ ކަމަށާއި ނަމަވެސް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދިވެހިންގެރާއްޖެއަށް ކުރާ ދަތުރުގައި ފުރުސަތު ދޭން ޖެހެނީ އިސްލާމްދީނަށް ނަސްރު ދޭ މީހުންނަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އަދިވެސް ބޮޑު މެޖޯރިޓީއެއް އޮންނަނީ މިހާރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ އަތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް