ads
ކްރިކެޓް ކާނިވަލުގެ ތެރެއިން
ރައީސް އޮފީހާ މީރާ މޮޅުވެއްޖެ
ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގައި ރައީސް އޮފީހާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މޮޅުވެއްޖެއެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުން ރައީސް އޮފީސް މޮޅުވީ މޯލްޑިވްސް އިމިގްރޭޝަނާ ބައްދަލުކޮށް 41 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ރައީސް އޮފީސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 125 ލަނޑު ހަދާފައެވެ. ޖަވާބުގައި އިމިގްރޭޝަން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ.

ގްރޫޕް ބީގެ ދެވަނަ މެޗުން މީރާ މޮޅުވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްސް އެންޑް ސިވިލް އޭވިއޭޝަނާ ބައްދަލުކޮށް 73 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން މީރާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 135 ލަނޑު ހަދާފައެވެ. ޖަވާބުގައި ޓްރާންސްޕޯޓްސް މިނިސްޓްރީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 62 ލަނޑެވެ.

މި ފަހަރުގެ އޮފީސް މުބާރާތުގައި އަށް ޓީމެއް ބައިވެރިވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް