ads
ހަސަން ޝިޔާމް
ހަސަން ޝިޔާމްގެ ކެންޑިޑޭސީއާ މެދު މާދަމާ ގޮތެއް ނިންމަނީ
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ، ހަސަން ޝިޔާމްގެ ކެންޑީޑޭސީއާ މެދު ގޮތެއް ނިންމުމުގެ ޝަރީއަތް މާދަމައަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

އަމިއްލަ ފަރާތަކުން، ހަސަން ޝިޔާމް އަދި އިލެކްޝަންސް ކޮމިޝަނަނަށް ރައްދުވާ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް މިހާރު ނިންމާލާފައިވާއިރު، ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:30 އަށެވެ. މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ހިމެނޭ ބެންޗަކުންނެވެ. މިއީ ސާބިތު ދަރަންޏާ ގުޅޭ މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 2019 ވަނަ އަހަރުވެސް ހަސަން ޝިޔާމް ވާދަކުރިއެވެ. އެ ފަހަރު، އިލެކްޝަންސް ކޮމިޝަނުން ހަސަން ޝިޔާމްގެ ކެންޑިޑޭސީ ބަލައި ނުގަތުމުން ހަސަން ޝިޔާމްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އޭރު އޮތް ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމީ ހަސަން ޝިޔާމްގެ ކެންޑީޑޭސީ ބަލައިގަތުމަށެވެ. އޭރު އެ މައްސަލަ ބެއްލެވީ އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ، އަބްދުﷲ އަރީފް، އާދަމް މުހައްމަދު، އަބްދުﷲ ދީދީ އަދި އަބްދުލްގަނީ މުހައްމަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް