ads
17 ރަށަކަށް ލެބޯޓްރީ ސާމާނު ހޯދަން އެއްބަސްވުމުގައި ސޮއިކުރަނީ
17 ރަށަކަށް ލެބޯޓްރީ ސާމާނު ހޯދަން ޗައިނާއަށް
17 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯޓްރީ ސާމާނު ހޯދުމަށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދެ ގައުމުގެ ދެމެދުގައި ވެވުނު "ލެޓާ އޮފް އެކްސްޗޭންޖް" ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސިއްހީ ވަޒީރު  ޑރ. އަބްދުﷲ ހަލީލްއެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެގައުމުގެ ސަފީރު ވަން ލިޒިންއެވެ. 

ލެބޯޓްރީ ސާމާނު ހޯދާ ރަށްތައް

  • ނ. ފޮއްދޫ 
  • ގދ. ހޯޑެއްދޫ 
  • ހއ. މަރަދޫ
  • ހއ. މާރަންދޫ
  • ށ.ގޮއިދޫ 
  • ބ. ދޮންފަނު 
  • ބ. ކިހާދޫ 
  • ތ. ދިޔަމިގިލި
  • ގއ. މާމެންދޫ
  • ގއ. ނިލަންދޫ 
  • ށ. ނޫމަރާ 
  • ޅ. އޮޅުވެލިފުށި
  • އދ. ހަންޏާމީދޫ 
  • ވ. ކެޔޮދޫ
  • ކ. ގާފަރު 
  • ނ. މާޅެންދޫ 
  • އއ. މާޅޮސް

ޗައިނާއާ އެކު ވީ އެއްބަސްވުމުގެ ދަށުން މި 17 ރަށުގެ ލެބޯޓަރީއަށް ބޭނުންވާ ސިއްހީ ސާމާނު ހޯދާނީ 5 އަހަރަށް ބަހާލައިގެންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް