ads
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ - ފޮޓޯ:އެމްއެމްޕީއާރުސީ
ރާއްޖެ އަންނަ ރަޝިޔާ ފަތުރުވެރިންނަށް ބިރެއް ނެތް: ސަރުކާރު
ރާއްޖެއަށް ޒިޔާރަތްކުރާ ރަޝިޔާ ފަތުރުވެރިންނަށް އެއްވެސް ބިރެއް ނެތް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

އެހެން ގައުމަކުން ވެސް އެމެރިކާއަށް އެކްސްޓްރަޑައިޓް ކުރުމުގެ ބިރު އެބައޮތް ކަމަށް ބުނެ، ބޭރުގެ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީން ވަނީ ދާދި ފަހުން އެ ގައުމުގެ ރައްޔިތުންނަށް ގޮވާލާފަ އެވެ. އަދި އޭގެން ގައުމެއްގައި ހުއްޓައި އެމެރިކާގެ ކަމާބެހޭ އިދާރާތަކުން އެދިއްޖެނަމަ، އެމީހާ އެމެރިކާއަށް ފޮނުވާލާނެ ކަމަށް ރަޝިޔާއިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ރަޝިޔާ ފަތުރުވެރިން ވެސް ހިމެނޭހެން ރާއްޖެ އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔައި އަމާން މާހައުލެއް ގާއިމުކުރުމަކީ ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ.

އަދި ރާއްޖެ އާއި އެމެރިކާ އާއި ދެމެދު އެކްސްޓްރެޑިޝަން އެގްރީމަންޓެއް ނުވަތަ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވެމެއްގައި ވެސް ސޮއިކުރެވިފައި ނުވާ ކަމަށާއި، އެހެންކަމުން ރަޝިޔާ ފަތުރުވެރިންނަށް ރާއްޖެ އައުމުގައި އެއްވެސް ބިރެއް ނެތް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ ރަޝިޔާއިން މިދިޔަ އަހަރު ވެސް 209،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. 

އަދި މި އަހަރު ވެސް މިހާތަނަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ ގޮތުގައި އޮތީ ރަޝިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް