އެ ވުޒާރާއިން ބުނީ ފުރަތަމަ 10 އެއްގައި ޒަކާތުގެ ގޮތުގައި ޖުމްލަ 1,599,113 ރުފިޔާ (އެއްމިލިޔަން ފަސްލައްކަ ނުވަދިހަ ނުވަހާސް އެއްސަތޭކަ ތޭރަ ރުފިޔާ) ލިބިފައިވާކަމަށެވެ. މީގެތެރެއިން އިސްލާމީ 206,814 ރުފިޔާއަކީ ވުޒާރާގައި ގާއިމުކޮށްފައިވާ ކައުންޓަރުން ބަލައިގެން އަދަދުކަމަށްވެސް ައިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ވުޒާރާއިން ހާމަކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ފުރަތަމަ 10 އެއްގައި އެންމެ ގިނައިން ޒަކާތް ދެއްކީ އާދައިގެ ހަނޑުލުންނެވެ. އާދައިގެ ހަނޑުލުން 22,759 މީހުން ޒަކާތުގެ ގޮތުގައި 273,108 ރުފިޔާ ވަނީ ދައްކާފައެވެ. ތައިލެންޑް ހުދު ހަނޑުުން 886 މީހުން ޒަކާތުގެ ގޮތުގައި 62,020 ރުފިޔާ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ދައްކާފައިވެއެވެ. ބާސްމަތީ އާދައިގެ ހަނޑުލުން ޒަކާތް ދެއްކީ 5208 މީހުންނެވެ. އެ މީހުން ޒަކާތުގެ ގޮތުގައި 364,560 ރުފިޔާ ވަނީ ދައްކާފައެވެ.
ދެން ހުރި ބައިތަކުން ޒަކާތް ދެއްކި ގޮތް
ރަތް ހަނޑޫ
މީހުންގެ ޢަދަދު: 304
ފިޠުރު ޒަކާތުގެ ޖުމްލަ: 24,320
ބާސްމަތީ ހަނޑޫ (މޮޅު)
މީހުންގެ ޢަދަދު: 3,030
ފިޠުރު ޒަކާތުގެ ޖުމްލަ: 303,000
ބާސްމަތީ ހަނޑޫ (އެންމެ މޮޅު)
މީހުންގެ ޢަދަދު: 4,188
ފިޠުރު ޒަކާތުގެ ޖުމްލަ: 523,500
އާދައިގެ ފުށް
މީހުންގެ ޢަދަދު: 1,913
ފިޠުރު ޒަކާތުގެ ޖުމްލަ: 19,130
އާޓާ ފުށް
މީހުންގެ ޢަދަދު: 393
ފިޠުރު ޒަކާތުގެ ޖުމްލަ: 29,475
އަންނަ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދު
މިނިސްޓްރީއަށް ގޮސްގެން ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު އޮންލައިންކޮށްވެސް ޒަކާތް ދެއްކޭނެކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ.