ads
ސްޓެލްކޯއިން ދޭ ހައްޖާއި އުުމްރާ ދަތުރު ލިބޭ މުވައްޒަފުން ރޭ ގުރުން ހޮވައިފި
ސްޓެލްކޯއިން ދޭ ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވައިފި
ސްޓެލްކޯއިން ދޭ ހައްޖާއި އުުމްރާ ދަތުރު ލިބޭ މުވައްޒަފުން ރޭ ގުރުއަތުން ހޮވައިފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފނިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ. 

އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

 • އަބްދުﷲ އާމިރު – ހުޅުމާލެ އިންޖީނުގެ

 • މުހައްމަދު އާދިލް – ކ. ކާށިދޫ އިންޖީނުގެ

 • އައިޝަތު ޝިޒްނާ – ވިލިނގިލި އަވަށު އިންޖީނުގެ

އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

 • އާޒިމް އާދަމް – އދ. ދަނގެތި އިންޖީނުގެ

 • މުހައްމަދު އާރިފް – ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް

 • ހަދީއްޖާ އިފްޝާ – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ސްޓެލްކޯގެ އިން ބުނީ ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ކުންފުނިން މުވައްޒަފުންނަށް ދޭ ތަރާވީހާއި، ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމުގެ އިތުރުން ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ޖެނެރަލް މެނޭޖަރު ހަސަން ހުސައިން ރިޓަޔާ ކުރުމާ ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

your imageސްޓެލްކޯއިން ދޭ ހައްޖާއި އުުމްރާ ދަތުރު ލިބޭ މުވައްޒަފުން ރޭ ގުރުން ހޮވައިފި

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް ހުށަހެޅީ 116 މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އޭގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 98 މުވައްޒަފުންނެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 263 ފަރާތަކުން ހުށަހެޅި އިރު، ޝަރުތުހަމަވެފައިވަނީ 254 މުވައްޒަފުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް