ads
އޮފީސް މުބާރާތުގެ ޗެމްޕިއަން މީރާ
އޮފީސް މުބާރާތުގެ ޗެމްޕިއަންކަން މީރާއަށް
ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ- މީރާއިން ހޯދައިފިއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން މީރާއިން ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދިޔަ ކަސްޓަމްސް ބަލިކޮށްގެންނެވެ.

ހުކުރު ދުވަހު ކުޅުނު ފައިނަލް މެޗުގައި ކަސްޓަމްސް އަތުން މީރާ މޮޅުވީ، ހަ ވިކެޓުންނެވެ. މި މެޗުގެ ޓޮސް ދިމާވީ ކަސްޓަމްސްއަށެވެ. ކަސްޓަމްސްއަށް މެޗުގެ ޓޮސް ދިމާވުމުން އެ ޓީމުން ގަސްދުކުރީ އެންމެ ފުރަތަމަ ކުޅޭށެވެ. ކަސްޓަމްސް ކުޅެން އަރައި، 125 ލަނޑު ހެދިއެވެ. ޖަވާބުގައި ކުޅެން ނުކުތް މީރާއިން މެޗު ކާމިޔާބު ކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، 129 ލަނޑު ހަދައިގެންނެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔަކީ ނާއިލް އިސްމާއިލް ނަސީރެވެ. އެންމެ ގިނަ ވިކެޓް ނެގީ ހުސެއިން އުސައިދެވެ. އަދި އެންމެ މޮޅު ފީލްޑަރަކަށް ހޮވުނީ މުހައްމަދު ޖިނާހު އިބްރާހީމްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް