ads
އެރިކް ޓެން ހޭގް
މަގާމު ގެއްލިދާނެތީ ބިރެއް ނުގަނޭ: ޓެން ހޭގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމު ގެއްލިދާނެތީ އެއްގޮތަކަށްވެސް ކަންބޮޑު ނުވާ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހޭގް ބުނެފިއެވެ.

މަގާމު ގެއްލިދާނެތީ އެއްގޮތަކަށްވެސް ހާސް ނުވާ ކަމަށް ޓެން ހޭގް ބުނިއިރު، ޔުނައިޓެޑުގެ މައިނޯރިޓީ ޝެއަރހޯލްޑަރު ކަމަށް ފަހުން އައި، ސަރ ޖިމް ރެޓްކްލިފްގެ އިނިއޯސް ގްރޫޕުން މި ހޫނު މޫސުމުގައި ކޯޗު އެރިކް ޓެން ހޭގުގެ ބަދަލުގައި އެހެން މީހަކު ހޯދުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށްވަނީ އަޑު ފެތުރިފައެވެ. އަދި އެ މަގާމަށް ގެނައުމުގެ ފުރުސަތު އެންމެ ބޮޑު އެކަކީ އިގިރޭސި ގައުމީ ކޯޗު ގެރެތު ސައުތު ގޭޓް ކަމަށްވަނީ އަޑު އަރާފައެވެ.

މި ކަންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓެން ހޭގުވަނީ އެކަންކަމަކީ އޭނާ އެއްގޮތަކަށްވެސް ވިސްނާ ކަންކަން ނޫން ކަމަށް ބުނެފައެވެ.

"އެންމެންނަށްވެސް އެނގޭނެ މެން ޔުނައިޓެޑުގައި އަބަދުވެސް އަޑުގަދަވާނެކަން، ކްލަބުގެ ވަށައިގެން، މެނޭޖަރާއި، ކުޅުންތެރިންގެ ވަށައިގެން އެފަދަ އަޑުތައް އަބަދުވެސް އުޅޭނެ. އެ ކަންކަމަކީ އަހަރެން ވިސްނާ ކަންކަމެއް ނޫން. އަހަރެމެން މި ފޯކަސް ކުރަނީ ޕްރޮސެސްއަށް، އަހަރެމެން ފޯކަސް ކުރަނީ ޓީމަށް ރަނގަޅަށް ކުޅެން، ކުޅުމުގެ ގޮތް ރަނގަޅު ކުރުމަށް، އެހެންވީމަ އިތުރު އެހެން ކަމަކަށް އަހަރެން ފަރުވާލެއް ނުބަހައްޓަން."

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް