ads
ވޯޓުލާ މަރުކަޒެއްގެ އެތެރެ: ފޮޓޯ އީސީ
ވޯޓަރސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފި
އަންނަމަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދާއިމީ ވޯޓަރސް ލިސްޓުގައި ކެންޑިޑޭޓުންނާއި މަންދޫބުން ސޮއިކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އީސީން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ސޮއި ކުރަނީ ކެންޑިޑޭޓު ކަނޑައަޅާ މީހެއްނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ސޮއިކުރާ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށެވެ. 

އަދި ރަޖިސްޓަރީގައި ސޮއި ކުރަން އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު، ސޮއި ކުރަން އަންނައިރު ގެންނަން ޖެހޭނެ ކަމަށްވެސް އީސިން ބުނެފައިވެ އެވެ.

އިލެކްޝަން ކޮމިޝަންގެ ރެޖިސްޓްރޭޝަން ސެކްޝަންގެ ހެޑް އަލީ އަބްދުލްރަހުމާން ވިދާޅުވީ، ވޯޓަރސް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ މަންދޫބުން ސޮއިކުރުމަކީ ގާނޫން މަޖުބޫރުކަމެއް ނޫންނަމަވެސް، މިއީ އިންތިހާބު ދެފުއްފެންނަ ގޮތެއްގައި ކުރިއަށްގެންދިއުމަށް ވަރަށް މުހިންމުކަމެއްކަމަށެވެ. 

މީގެ ސަބަބުން އިލެކްޝަން ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓުގެ ސައްހާކަށް ކެންޑިޑޭޓުންނަށް ކަށަވަރުވެގެންދާނެކަމަށް އަލީ އަބްދުއްރަހުހުމާން ވިދާޅުވި އެވެ.  

ފައިނަލް ވޯޓަރސް ލިސްޓް އާއްމުކުރީ މިމަހުގެ 25 ވަނަ ދުވަހު އެވެ. މިފަހަރުގެ މަޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއިން 368 ކެންޑިޑޭޓުން ވާދަކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް