ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ސަރުކާރުގެ އިގްތިސޯދީ ސިޔާސަތެއް ނެތް ކަމަށް ވަނީ ވިދާޅުވެފައި --
އިންޑިއާ ފަތުރުވެރިން އައުން ވަރަށް މަދުވެއްޖެ: ސޯލިހް
މީގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު މަދުވުމުން ލިބުނު ގެއްލުމުގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބޫ ވިދާޅުވީ މި ސަރުކާރުން ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތް ގޮތުން އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

"މިދިޔަ އަހަރު ފުރަތަމަ ތިން މަސް ތެރޭ 53،000 އެތައް ޓޫރިސްޓުންނެއް ރާއްޖެ އައި. އެހެން ނަމަވެސް މި އަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 33،000 އަށް މަދުވެފައި. ވިހި ހާހެއްހާ ޓޫރިސްޓުން މަދުވެއްޖެ. މީގެ އިގުތިސޯދީ ގެއްލުން އަޅުގަނޑުމެންގެ މުޅި ގައުމަށް އެބަ ކުރޭ،" އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަމައެކަނި ޓޫރިޒަމް ސެކްޓަރަށް އެކަނި ބެއްޔަސް 58 މިލިއަން ޑޮލަރުގެ ގެއްލުން މިދިޔަ ތިން މަސް ތެރޭ ވެފައިވާ ކަމަށާއި ޓޫރިޒަމްއާ ގުޅިފައިވާ އެހެން ސެކްޓަރުތައް އެއްކޮށްލުން ގާތްގަނޑަކަށް 68 މިލިއަން ޑޮލަރުގެ ގެއްލުން ރާއްޖެ އަށް ވެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، ރާއްޖެއަށް ހަވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިންޑިއާއިން އިއްޔެއާ ހަމައަށް އައިސްފައިވަނީ 33،336 ފަތުރުވެރިންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކަން ކުރައްވަމުން އެ ގެންދަވަނީ ދައުލަތުގެ ވެރިން ކަން ކުރަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން، ފައިސާ އާއި ޕްލޭނެއް ނެތި މަޝްރޫއުތައް ފަށާއި، އަދި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލުން ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އަދި، އެހެން ސަރުކާރުތަކުން ފަށާފައި ހުންނަ މަޝްރޫއުތައް ހުއްޓާލުމަކީ ސަރުކާރުންތަކުން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި، އެމަނިކިފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، އޭގެ ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ނިންމަވައިދެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

"މި ސަރުކާރަކީ ކަންކަން ކުރާއިރު ޕްލޭނެއް ނެތި، ރޭވުންތަކެއް ކަމެއް ނެތި، ފައިސާ ނެތި، ހަމައެކަނި ފޮޓޯއެއް ނެގުމަށް ކަން ކުރަމުންދާ ސަރުކާރެއް. އަލުން ޕްލޭން ކުރައްވާ. ފައިސާ ހޯއްދަވާ. ވެލި ހުރިތޯ ބައްލަވާ. އީއައިއޭ ހައްދަވާށޭ. އެއީއޭ މީހުން ކަން ކުރާ ގޮތަކީ،" ފުށިދިއްގަރުފަޅުގެ މަޝްރޫއުއަށް އިޝާރަތް ކުރައްވައި އިބޫ ވިދާޅުވި އެވެ.


އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، 2018 ވަނަ އަހަރު ވެސް ރާއްޖޭގެ އިގްތިސޯދު އޮތީ މާ ރަގަޅަށް ނޫން ކަމަށް ރައީސް ސޯލިހު އިތުރަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް