ads
ސަލާހް
ސަލާހުގެ ލަނޑުން ލިވަޕޫލް އެއްވަނައަށް
ޕްރިމިއަރ ލީގުގައި ބްރައިޓަން ހޯވް އެލްބިއޯން ބަލިކޮށް ލިވަޕޫލުން ޓޭބަލްގެ އެއްވަނައަށް ވަގުތުކޮޅަކަށް އަރައިފިއެވެ.

މިރޭ ބްރައިޓަން ހޯވް އެލްބިއޯން އަތުން ލިވަޕޫލް މޮޅުވީ އަމިއްލަ ދަނޑުގައި ދެ ލަނޑު އެއް ލަނޑުންނެވެ. މެޗުގައި ލިވަޕޫލް މޮޅުވި ލަނޑު ޖެހީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހްއެވެ.

ލިވަޕޫލް، މި މެޗާއެކު އެއްވަނައިގަ މި ވަގުތު އޮތަސް، މިރޭ ސިޓީއާ އާސެނަލް ކުޅޭ މެޗުގެ ނަތީޖާއަށް ފަހު ޕޮއިންޓް ޓޭބަލްއަށް ބަދަލު އައިސް ތަރުތީބު ބަދަލުވުން އެކަށީގެންވެއެވެ. 

ލިވަޕޫލް މި ވަގުތު އެއްވަނައިގަ އޮތީ، 29 މެޗުން 67 ޕޮއިންޓާއެކުއެވެ. ދެވަނައިގަ އާސެނަލް އޮތީ މި ވަގުތު ކުޅެމުންދާ މެޗު ހިމެނޭ ގޮތުން 29 މެޗުން 65 ޕޮއިންޓާއެކުއެވެ. އާސެނަލްއާ ދެކޮޅަށް ކުޅެމުންދާ ސިޓީ އޮތީ 29 މެޗުން 64 ޕޮއިންޓާއެކު ތިންވަނައިގައެވެ. މި މެޗު ނިމުމާއެކު ޕޮއިންޓް ޓޭބަލްވެސް އަދި ތަރުތީބުވެސް ބަދަލުވުން އެކަށީގެންވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް