ads
އާސެނަލް ކުޅުންތެރިން
ސިޓީއާ އާސެނަލް އެއްވަރުވުމުން ހުރިހާ މޮޅެއް ލިވަޕޫލަށް
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވުމުން، ލިވަޕޫލަށް އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިއްޖެއެވެ.

ސިޓީއާ އާސެނަލް މެޗުގެ ކުރިން ލިވަޕޫލްވަނީ ރޭ އިރާކޮޅު ބްރައިޓަން އަތުން މޮޅުވެ އެއްވަނައަށް އަރާފައެވެ. އެހެންނަމަވެސް އޭގެ ފަހުން ކުޅުނު ސިޓީއާ އާސެނަލް މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ލިވަޕޫލަށް އެއްވަނަ ގެއްލުމުގެ ފުރުސަތު އޮތް ނަމަވެސް، ސިޓީ އާސެނަލް މެޗުގެ ނަތީޖާ ނުކުތީ ލިވަޕޫލަށް ފަހިވާ ގޮތަށެވެ. ސިޓީއާ އާސެނަލްގެ މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ.

އެއްވަނައިގައި ލިވަޕޫލަށް 29 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް ވަނީ 29 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސިޓީ އަށް 29 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް