ދިވެހި ސިފައިންގެ ކްލަބު ސެމީ ފައިނަލަށް ދިޔައީ، އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބު ބަލިކޮށް، ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް އޭގެ މެޗު ސިފައިންގެ ކުލަބުން ކާމިޔާބުކުރީ ފަހަތުން އަރައި ތިން ލަނޑު އެއް ލަނޑުންނެވެ.
މި މޮޅާއެކު ގްރޫޕް އޭގެ އެއްވަނަ މަގާމް ސިފައިން ހޯދީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ހުޅުމާލެ ވެޓެރަންސްއަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވެއެވެ. ސެމީގެ ދެވަނަ ޖާގަ ހޯދީ ހުޅުމާލެއެވެ.
ހުޅުމާލެއާ ސިފައިންގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ހުޅުމާލެ ވެޓެރަންސްއިންނެވެ. މި ލަނޑު ޖެހީ ހުސެއިން ނަޝީދެވެ. ސިފައިންގެ ކްލަބުން ޖެހި ތިން ލަނޑުވެސް ޖެހީ އަހްމަދު ފަޒާލްއެވެ.
ސިފައިންގެ ކުލަބު ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީން ދެވަނައަށް ދާ ޓީމަކާއެވެ. މި ވަގުތު ގްރޫޕް ބީގެ ދެވަނައިގައި އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އޮތްއިރު، އެ ގްރޫޕުގެ އެއްވަނައިގައި އޮތް މުއިވެޔޮ ފްރެންޑްސްއެވެ.