ގްރޫޕް ބީގެ ފުރަތަމަ މެޗުން ލޮޓެމް ޝިޕިން މޮޅުވީ ސީ މާސްޓާ ލައިންސްއާ ވާދަކޮށް ފަސް ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން ސީ މާސްޓާ ލައިންސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 117 ލަނޑެވެ. ޖަވާބުގައި ލޮޓެމް ޝިޕިން ކުޅެން އަރައި 119 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.
ގްރޫޕް ބީގެ ދެވަނަ މެޗުން ފަހި ދިރިއުޅުން މޮޅުވީ ރަޔާންއާ ވާދަކޮށް ހަ ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން ރަޔާން އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 62 ލަނޑެވެ. ޖަވާބުގައި ފަހި ދިރިއުޅުން ކުޅެން އަރައި ހަތަރު އޯވަރުގެ ތެރޭގައި ވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 64 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.