މާސޭ އަތުން ޕީއެސްޖީ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި ޕީއެސްޖީގެ ކުޅުންތެރިއަކަށް ދެއްކި ރަތް ކާޑަކާއެކު އެ ޓީމުން މެޗުގެ ބައެއް ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މި މެޗުން މާސޭ ބަލިވުމާއެކު، އަމިއްލަ ދަނޑުގައި ބަލި ނުވެ އެ ކްލަބުން ދަމަހައްޓަމުން އައި ރެކޯޑް، 19 މެޗަށް ފަހު ނިމުނީއެވެ.
މި މެޗުގައި، އަންނަ ސީޒަނުން ފެށިގެން ކްލަބުގައި މަޑު ނުކުރާނެ ކަމަށް ނިންމާފައިވާ އެމްބާޕޭވަނީ ދެވަނަ ހާފުގައި ބަދަލުކޮށްފައެވެ. ކެޕްޓަން އެމްބާޕޭ ބަދަލުކޮށްފައިވަނީ 63 ވަނަ މިނިޓުގައެވެ.
މި މެޗުން މޮޅުވެ 12 ޕޮއިންޓްގެ ލީޑެއް ހޯދާފައިވާ އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް ލީގު 1 ގެ ޗެމްޕިއަންކަން ދެމެހެއްޓުމަށް ބާކީ އޮތް ހަތް މެޗުން ބޭނުންވަނީ އެންމެ 10 ޕޮއިންޓެވެ.