ads
ވެމްކޯގެ މުވައްޒަފަކު ކުނި ނެގުމުގައި
ވެމްކޯއިން ކުނި ޓަނަކަށް ނަގާ އަގު 500ރުފިޔާއަށް ކުޑަކުރަނީ
މާލޭގެ ވެމްކޯއިން ކުނި ޓަނަކަށް ނަގަމުން އަންނަ އަގު ކުޑަކުރަން ނިންމިކަން ރައީސް. ޑރ މުހައްމަދު މުިއއްޒު އިއުލާންކުރައްވައިފިއެވެ.
Advertisement

ރައީސް މިކަން އިއުލާންކުރެއްވީ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް މިހާރު ކުރަމުން އަންނަ ކެމްޕެއިންގެ ތެރެއިން ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ވެމްކޯއަކީވެސް މިދިޔަ ސަރުކާރު ނިނުމުނުއިރު ވަރަށް ހާލުގައި އޮތް ކުންފުންޏެއްކަމަށާއި އެތަން ހަރުދަނާކުރުމަށް އެކުންފުނިން ވަރަށް މަސައްކަތް ކުރަމުން އަންނަކަމެވެ. އަދި އެ މަސައްކަތް ކުރަމުން އަންނައިރުވެސް އަދިވެސް އިތުރު ލުއިތައް ރައްޔިތުންނަށް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. 

" ޓަނަކަށް 750 ރުފިޔާ މި ނަގަނީ. އެ ނެގޭމީ އެންމެ ކުދިކުދި ޕިކަޕުތަކުގައި ގެންދާއިރުވެސް އާއްމުންނަށް ވަރަށް ބޮޑު ދައްޗަކަށް މިވަނީ. އެހެންވީމަ ވަރަށް ގިނަ ރައްޔިތުންގެ އެދުމެއް އޮތްކަމެއް މީ. އަޅުގަނޑު މިހާރު ވެމްކޯގެ މެނޭޖިން ޑިރެކްޓަރާއިވެސް ކަމާއި ބެހޭ ވަޒީރުންނާވެސް މަޝްވަރާކޮށްފިން. އެހެންވީމަ އިރާދަކުރެއްވީ ޓަނަކަށް މި ނަގާ 700 ރުފިޔާ 500 ރުފިޔާއަށް ސަރުކާރުން ކުޑަކޮށްދޭނަން." ރައީސް މުިއއްޒު ވިދާޅުވިއެވެ.

your imageރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާއަށް ވާދަކުރާ ސަރުކާރު ކެންޑިޑޭޓް، ހަނާން މުޙައްމަދު ރަޝީދުގެ ކެމްޕައިން ޖަލްސާގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ 

ރައީސް މުއިއްޒު ވިދާޅުވީ މިކަން ނިންމިކަން އެމަނިކުފާނު އިއުލާންކުރެއްވި ނަމަވެސް އެ ނިންމުމަށް އަމަލުކުރަން ފަށާނެ ތާރީހު އިއުލާންކުރާނީ ވެމްކޯއިންކަމަށެވެ.  

"ދެން އެކަން އެބޭފުޅުން ރަސްމީކޮށް އިއުލާންކުރައްވާނެ .މާލަސްތެކެ ނުވެ އަޅުގަނޑު އުއްމީދުކުރަނީ އެހެންވީމަ ރަސްމީކޮށް މިވެނި ތާރީހަކުން ފެށިގެން ހިގާނީ އެގޮތަށްކަން. އެކަން ނިންމި ކަން މިރޭ އަޅުގަނޑު ދަންވާލަން ބޭނުންވީ" ކުނި އުކަން ނަގާ އަގު ކުޑަކުރިން ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

 

މާލެ ސަރަހައްދުގައި ކުނި އުކާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން އާންމުންގެ އުޅަނދުތަކުން އުކާ ކުނި ޓަނެއްގެ އަގު 750 ރުފިޔާއަށް ކުޑަކުރީ މިދިޔަ މާރިޗު މަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ކުރިން ޓަނަކަށް ނަގަމުން އައީ 1060 ރުފިޔާއެވެ. މީގެއިތުރުން ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު، 150 ރުފިޔާގެ ފީއެއްވެސް ވެމްކޯއިން އަންނަނީ ނަގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް