ads
ގެއްލިގެން ހޯދަމުންދާ އާއިޝަތު ޒީވާ ސައީދު - ފޮޓޯ: ފުލުހުން
ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ހުޅުމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ރ. އިނގުރައިދޫ ކަނބުރުގެ، އާއިޝަތު ޒީވާ ސައީދު ކަމަށެވެ. އަދި ހުޅުމާލެ ފޭސް 2، އެޗް 12 ގައި ދިރިއުޅޭ އެ ކުއްޖާ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ އޭޕްރިލް އެއްވަނަ ދުވަހުގެ ރޭ 07:45 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ޒީވާ އެންމެ ފަހުން ފެނިފައިވަނީ އޭޕްރިލް އެއްވަނަ ދުވަހުގެ 18:00 އެހައިކަންހާއިރު އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި، އެއިރު އެކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއްކަމަށް އާއިލާއާ ހަވާލާދީ ފުލުހުންނަށް މައުލޫމާތުދެ އެވެ.

އެހެންކަމުން އެ ކުއްޖާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް