ads
ރައީސް މުއިއްޒު ރޭ މާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގެ ތެރޭގައި
ފަހު10ގައި ކެމްޕެއިން ކުރަނީ ދީނަށްޓަކައި: ރައީސް
އަންނަ މަޖލީހުގެ އިންތިހާބަށް ރޯދަ މަހުގެ ފަހު 10ގައި ކެމްޕޭންކުރަނީ ދީނަށްޓަކައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ސަރުކާރުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޑރ މުއިއްޒު ވަނީ ރޯދަމަހުގެ ފަހު 10 އެއްގައި ކެމްޕެއިން ކުރާތީ ސަރުކާރު ކޯލިޝަންގެ ކެމްޕެއިން ޓީމުތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފަހު ދިހައެއްގައި އެ ކުރާ މަސައްކަތަކީ ދީނަށްޓަކައި ކުރާ މަސައްކަތެއްކަމަށްވެސް ރައީސް މުއިއްޒު ވަނީ ސިފަކުރައްވާފަ އެވެ.

"މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ މި އޮނަހިރި ރޭ، ތިޔަ ބޭފުޅުން އަޅުކަމުގެ ތެރޭގައި މަސްއޫލުވެ އުޅެމުން ވެސް މި މުހިންމު, ހަމަ އެހާމެ މާތް މުހިންމު މަސައްކަތުގައި އުޅުއްވުމަކީ އަޅުގަނޑު ވަރަށް އުފާ ކުރާ ކަމެއް. އަޅުގަނޑުމެންނަށް ޖެހިފައި މިވަނީ ރަމަޟާން މަހެއް ކަމަކު، ފަހު ދިހައެއް ކަމަކު، އޮނަހިރި ރެއެއް ނަމަވެސް މަސަައްކަތް ކުރަން ޖެހިފައި، ގައުމަށްޓަކައި، ދީނުގެ ހައްގުގައި،" ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.

ރޯދަމަހުގެ ކޮންމެ ރެޔަކުން ހެން ރައީސް ޑރ. މުއިއްޒުވެސް ގެންދަވަނީ ކެމްޕެއިން ޖަލްސާތަކުގައި ބައިވެރިވެޑައިގެން އެކި ފަރާތްތަކަށް ފާޑު ވިދާޅުވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ރާއްޖޭގެ ވެރިކަން ދޭން ނިންމި ނިންމުން ފުރިހަމަވާނީ މަޖިލީހުގެ ފުރިހަމަ އަގްލަބިިއްޔަތުވެސް ދިނުންމުންކަމަށެވެ. 

މި ސަރުކާރުން ވަނީ ރޯދަމަހުގެ ފަހު 10 އެއް ރަސްމީކޮށް ބަންދުކޮށްފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ފަހު 10 އެއް ބަންދުކުރީ ރޭ އަޅުކަން ކުރުމަށް ފުރުސަތު ދީ އެކަމަށް ހިއްވަރު ދެއްވުމުގެ ގޮތުންކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް