ads
އަބްދުالله ހަނީފް-
ހުޅުމާލެ އިން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ
ހާއްސަ އެހީއަށް ބޭނުންވާ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން އަންނަނީ އަބްދުالله ހަނީފް އެވެ.

އާއިލާއިން ބުނި ގޮތުގައި ހަނީފް އަކީ ވަރަށް ބަލި މީހެކެވެ. ރަނގަޅަކަށް ނުވެސް ހިނގެއެވެ. އަދި ގިނަ ކަންކަން މިހާރު ހަނދާން ވެސް ނުހުންނަ ކަމަށް އާއިލާއިން ބުނެއެވެ.

އޭނާ ހޯދަން އާއިލާއިން އާންމުންގެ އެހީތެރިކަމަށް އެދުނީ, މިއަދު ފަތިހު ބޭރަށް ދިޔަ ގޮތަށް ވީ ނުވީއެއް ނޭނގި އާއިލާއަށް ހަބަރެއް ނުވާތީ އެވެ.

ހަނީފް ފެނިއްޖެނަމަ ފުލުހަށް ނުވަތަށް 7892804 / 7741009 / 7822740 މީގެއިން ނަންބަރަކަށް ގުޅުމަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް