ads
ރައީސް މުއިއްޒު
މި ދައުރުގެ ހުރިހާ ވައުދެއް ފުއްދޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުމާއެކު މި ދައުރަށް ވެވަޑައިގަތް ހުރިހާ ވައުދެއް 100 ޕަސެންޓް ޔަގީންކަމާއެކު ފުއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކޮންމެ ވައުދެއްވީ ފުއްދޭނެކަން ޔަގީންވެ، ފުއްދޭނެ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ 14 ހަފުތާއަށް ވެފައިވާ ވައުދުތައް ވެސް މިހާރު ގާތްގަނޑަކަށް އެކީ ނިމިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން އެދުނު މުހިންމު މަޝްރޫއުތައް ބަޖެޓުން އުނިކޮށްލާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހިނގަ ހިނގާ ހުރި މަޝްރޫއުތައް ކުރިއަށް ގެންދާނެ ފައިސާ ވެސް ހިމަނާފައި ނެތް ކަމަށެވެ.

"ދެން މިހުރީ މަޖިލީހުގެ ދައުރު އަދާކުރަންޖެހޭ ވައުދުތައް. އަޅުގަނޑުމެން ވަރަށް ގިނަ ގާނޫނުތައް ހަދަން ބޭނުން. ބޯހިޔާވަހިކަމުގެ ދާއިރާއިން، އުމްރާނީ ތަރައްގީގެ ދާއިރާއިން އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ވަރަށް ބޮޑު ލެޖިސްލޭޓިވް އެޖެންޑާއެއް ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން މަޖިލީހުގެ އެއްބާރުލުން ނުލިބި ގާނޫނުއަސާސީގެ ތެރެއިން ސަރުކާރަށް ފުރިހަމަކަމާއެކު ވައުދުތައް ނުފުއްދޭނެކަން ރައީސް ފާހަގަކުރެއްވި އެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ މުހިންމުވަނީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ. 

މަޖިލީހުގެ އަގުލަބިއްޔަތު ވެރިކަން ކުރާ ޕާޓީއަށް ހޯދައިދިނުމަށްޓަކައި ރައީސް ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދޮރުން ދޮރަށް ހިންގަވައި، ކެމްޕެއިން ޖަލްސާތަކުގައި އެމަނިކުފާނު ކޮންމެ ދުވަހަކު ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އަދި ރައީސް މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ އަނިޔާވެރިކަން އިޔާދަވާން ފަށާނެކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އަންނަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް މަޖިލިސް ނުދިނުމަށް ރައްޔިތުންގެ ކިބައިން އެދެމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް