ތިންވަނަ ޑިވިޝަންގެ ތާރީހު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ،ފަސްކޮށްފައިވާ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އޮންނާނެ ކަމާމެދު ސުވާލު އުފެދިފައިވަނިކޮށެވެ.
އެފްއޭއެމުން މިދިޔަ ޖެނުއަރީ މަހުގެ10 ވަނަ ދުވަހު ތިންވަނަ ޑިވިޝަން މުބާރާތް ފަށަން ތާވަލު ކުރިއެވެ. އެކަމަކު މި މުބާރާތުގެ އެއްވެސް އަޕްޑޭޓެއް ނެތި ދިޔުމަށް ފަހު ބައްސާމް މިއަދު ސީއެންއެމަށް ވިދާޅުވީ، އެ މުބާރާތުގެ ތާރީހު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ބައްސާމް ނުދެއްވައެވެ.
ދެވަނަ ޑިވިޝަން މުބާރާތްވެސް ފެށުނީ އެކި ފަހަރުމަތިން ލަސްކުރުމަށް ފަހުއެވެ. އެކަމަކު މުބާރާތްވަނީ ކުޅެ ނިންމާލާފައެވެ.