ads
އުރީދޫގެ އެޕްރީލް މަހު އަތޮޅު ދުވުން ކުޅެގެން ލީޑާ ބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަށް ސީގިއާގެ ފަރާތުން އިންސްޓަ 360 ކެމެރާއެއް
އުރީދޫ މި މަހުގެ އަތޮޅު ދުވުމުގެ އެއްވަނައަށް އިންސްޓަ 360 ކެމެރާއެއް
އުރީދޫގެ އެޕްރީލް މަހު އަތޮޅު ދުވުން ކުޅެގެން ލީޑާ ބޯޑުގެ އެއްވަނަ ހޯދާ ފަރާތަށް ސީގިއާގެ ފަރާތުން އިންސްޓަ 360 ކެމެރާއެއް ހުށައަޅައިފި އެވެ.

ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމް ކަމަށްވާ އަތޮޅު ދުވުމުގެ އެޕްރީލް އަޕްޑޭޓް މިހާރު އެޕަލް އެޕްސްޓޯ އާއި ގޫގުލް ޕްލޭސްޓޯއިން ވެސް ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވެލްއެއް އަންލޮކް ވާނެ ކަމަށެވެ. މި މަހު އަތޮޅު ދުވުން ފެނިގެންދާނީ ބ. އޭދަފުށްޓެވެ.

ޖުމްލަ 12 ލެވެލް ހިމެނޭ މި ގޭމުގައި ކޮންމެ މަހަކު އާ ލެވެލްއެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ އެވެ. އަދި އަންލޮކް ކުރެވޭ ލެވެލް ކުޅެވޭނީ ހަމައެކަނި އެމަހެއްގައި ކަމަށް އުރީދޫން ބުނެ އެވެ.

ކަލަންޑަރުގައި ހިމެނޭ މަންޒަރުގައިވާ ސިއްރު އާޓްވޯކް ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ވެސް މި ގޭމުގައި ލިބިގެންދާނެ އެވެ. މި އަހަރުގެ ކަލަންޑަރާއި ގޭމް ތައްޔާރުކޮށްފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓީމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް