ads
އިބްރާހީމް ވަހީދުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވަނީ ---- ފޮޓޯ: އެމްޕީއެލް
އެމްޕީއެލްގެ ހިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހަށްފަހު ވަހީދު ރިޓަޔާކުރައްވައިފި
އެމްޕީއެލްއަށް 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ އިބްރާހިމް ވަހީދު މަސައްކަތުން ރިޓަޔާކުރައްވައިފި އެވެ.

އެމްޕީއެލްއިން ބުނީ އެ ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ވަހީދު ރަސްމީކޮށް ރިޓަޔާކުރެއްވީ މިއަދު ކަމަށެވެ.

ވަހީދު ރިޓަޔާ ކުރެއްވުމާ ގުޅިގެން އެމްޕީއެލްއިން ވަނީ އޭނާ އެ ކުންފުންޏަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވައިފަ އެވެ. ވަހީދަށް އެ ފިލާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހެވެ.

ވަހީދަކީ އެމްޕީއެލްގެ ގިނަ ޑިޕާޓްމަންޓްތަކެއްގެ އެޗްއޯޑީގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް