ads
ކައުންސިލުން ފާހަގަކުރާ ކުޑަ އީދުގެ ޕޯސްޓަރެއް
މި ކުޑައީދުގައި މާލޭގައި ފެންކުޅިއާ މިއުޒިކް ޝޯ
މި އަންނަ ކުޑަ އީދު މާލޭގައި ކުލަގަދަކޮށް ފާހަގަކޮށް ގިނަ ހަރަކާތްތަކެއް ހިންގަން މާލޭ ސިޓީ ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ.

ސިޓީ ކައުންޕސިލުން މިފަހަރަުގެ އީދު ފާހަގަކުރަން ނިންމާފައިވަނީ މަގޭ އީދު މި ތީމުގައެވެ. 

ކައުންސިލުން އީދަށް އެކުލަވާލާފައިވާ ކަލަންޑަރުގައި ފެންކުޅިއާ، މާލި ނެރުމާއި ހަވާއެރުވުމުގެ އިތުރުން ސްޓޭޖް ޝޯވެސް ބާއްވަން ވަނީ ހިމަނާފައެވެ. މި ހަރަަކާތްތައް އެކައުންސިލުން ހިންގަނީ ސާދަ އެންޓަޓެއިންމަންޓާ ގުޅިގެންކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން އެކުލަވާލާފައިވާ ރަންޑައުން ބުނާ ގޮތުން އެދުވަހުގެ އީދު ނަމާދަށްފަހު ދުވަހުގެ ހަރަކާތްތައް ފަށާނީ ފެންކުޅުމުންނެވެ. މި ހަރަަކާތް އޮންނާނީ އެދުވަހު ހެނދުނު 09:30 ގައި ރަސްފަންނުގައެވެ.

ދުވަހުގެ ހަވީރަށް އޮތީ ބޮޑުމަހާއި މާލި ޕެރޭޑެވެ. މި ހަރަކާތް ހަވީރު 04:00 ގައި ފަށާނީ އޮލިމްޕަސް ކުރިމަތިންނެވެ. ޕެރޭޑް ނިންމާނީ އާޓިފިޝަލް ބީޗަށެވެ. 

އީދު ދުވަހުގެރޭވެސް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން އެރޭ ހާއްސަ ސްޓޭޖް ޝޯއެއް އޮންނާނެއެވެ. އެރޭ 20:30 ގައި ފަށާ މި ޝޯ އޮންނާނީ އާޓިފިޝަލް ބީޗްގައެވެ. އަދި އެރޭ 10:00 ޖަހާއިރު ހަވާއެރުވުންވެސް އާޓިފިޝަލް ބީޗްގައި އޮންނާނެއެވެ.

your imageކައުންސިލުން ފާހަގަކުރާ އީދުގެ ހަރަކާތްތައް ހަމަޖެހިފައިވާ ގޮތުގެ ރަން ޑައުން 

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހަފްތާގެ ބުދަ ދުވަހެވެ. އީދު ދުވަސް ފާހަަގަކުރުމަށް އެދުވަހުގެ ހަވީރު 04:00 އިން އިރުއޮއްސި 06:00 ޖަހަންދެން ހިންގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް