ads
ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހިލޭ ދޭ ކާޑު ބެހުމުގެ ތެރެއިން-- ފޮޓޯ: ސިޓީ ކައުންސިލް
ސަރުކާރުން ދޭ ރޯދަ ހަދިޔާ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން
ބަރަކާތްތެރި ރަމަޟާން މަހު ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާ ކުރާ ހަނޑޫ އަދި ފުށް ނުގެންދެވުނު މީހުންނަށް އެތަކެތި ދެން ދޫކުރަނީ ކާޑު ގުދަނުން ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެ އެވެ.

އެސްޓީއޯއިން ބުނީ ރޯދަމަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް (މާލެ ސަރަހައްދުން) ނުގެންދެވި ހުރި ފަރާތްތަކަށް މާދަމާއިން ފެށިގެން ރޯދަ މަހުގެ ފަހު ދުވަހާ ހަމައަށް އެސްޓީއޯގެ ކާޑު ގުދަނުން ލިބޭނެ ކަމަށެވެ.

މިއީ ދިވެހިންނަށް އެކަނި ލިބޭ ހަދިޔާއެކެވެ. މި ތަކެތި ދޫކުރާނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރު ބެލުމަށް ފަހު، ބަލާ އަންނަ ފަރާތުގެ އައިޑީކާޑު ނަންބަރާއި ނަން ނޯޓު ކުުރުމަށްފަހު އެވެ.

ސަރުކާރުން ހިލޭ ދޫކުރާ ހަނޑުލާއި ފުށް ދޫކުރަނީ ކޮންމެ ދުވަހެއްގެ 10:00 އިން މެންދުރު ފަހު 1:00 އަށެވެ. އަދި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް ކުރިޔަށް ނުގެންދާނެ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް