ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް އަދި އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިގިރޭސި ރައްޔިތަކީ އުމުރުން 53 އަހަރުގެ މީހެކެވެ.
ނޮދަން އަޔަލެންޑަށް ނިސްބަތްވާ މި މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ.
މި މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި މީހާ ރާއްޖެއައިއިރު ގެނައި ލަގެޖުން މަސްތުވާތަކެތި ކަމަށް ބެލެވޭ އަށް ޕެކެޓް ފެނިފައިވެއެވެ. އޭގެ ބަރުދަން ހަތް ކިލޯއަށް އަރަ އެވެ.