ރޮނާލްޑޯއަކީ "ގޯޓް"، 3 ދުވަސްތެރޭ ދެވަނަ ހެޓްރިކް
ސްޕޯޓްސް ޓީމް
03 އޭޕްރީލް 2024 - 16:49:29
ސައުދީ ޕްރޯލީގުގައި ތިން ދުވަސްތެރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ދެވަނަ ހެޓްރިކް ހަދައިފިއެވެ.
ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު އަބާ އަތުން މިދިޔަ ހަފްތާގައި ބޮޑު ތަފާތަކުން އަލް ނަސްރު މޮޅުވި މެޗުގައި ރޮނާލްޑޯ ހެޓްރިކެއް ހެދިތާ، 72 ގަޑިއިރުގެ ތެރޭގައި ރޭ ރޮނާލްޑޯވަނީ އަނެއްކާވެސް ހެޓްރިކެއް ހަދާފައެވެ. މިއީ ލީގުގައި މި ސީޒަންގައި ރޮނާލްޑޯގެ ތިންވަނަ ހެޓްރިކެވެ.
ސައުދީ ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގަ ރޮނާލްޑޯ އޮތީ 29 ލަނޑާއެކުއެވެ.
ގާތްގާތުގައި ރޮނާލްޑޯ ދެ ހެޓްރިކް ހެދިއިރު، ހެޓްރިކް ހެދުމުގެ ދުނިޔޭގެ ރެކޯޑްވެސް އޮތީ ރޮނާލްޑޯ އަތުގައެވެ. އޭނާވަނީ ޕްރޮފެޝަނަލް ފުޓްބޯޅައިގައި މިހާތަނަށް 60 އަށްވުރެ ގިނަ ހެޓްރިކް ހަދާފައެވެ. އޭނާއާ އެންމެ ގާތުގައި އެ ލިސްޓުގައި އޮތް މެސީއަށް އަދި 60 ހެޓްރިކް ހަމަ ނުކުރެވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް