ads
ފުލުހުން މުރަނގަ މަގުން ހައްޔަރު ކުރި މީހާ: ފޮޓޯ ސީއެން އެމް
މަސްތުވެ ހުރެ މަގުމަތީގައި ހަމަނުޖެހުން ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި
މާލޭގައި މަސްތުވެގެން ހުރެ ހަމަނުޖެހުން ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫ، ދިލާސާގޭ އިބްރާހިމް ޒާހީ ސުލައިމާންކަމަށެވެ. 

ފުލުހުން ބުނީ މި މިހާ ހައްޔަރުކުރީ މާފަންނު މުރަނގަމަގުގައި ހުންނަ ޝޮޕީޒް ފިހާރަ ކައިރިންކަމަށެވެ. މީނާ ހައްޔަރުކުރީ މަގުމަތީގައި އަޑުގަދަކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުންކަމަށެވެ. އަދި މީނާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ފުލުހުން ބުނެއެވެ. 

މި މައްސަލައިގެ ތަހުގީގު ކުރަމުންދާކަމަށްް ފުލުހުން ބުނެއެވެ. 

ފުލުހުން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެ އިދާރާއަށް ތިންވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މި ގޮތުން މަސްތުވާތަކެއްޗާއި ގުޅުން ހުރި 137 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް