ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވައިދުގެ ދަށުން ހުޅުވާލާފައިވަނީ ސްޕޯޓްސް އިވެންޓް ކޮމިޝަން، ޔޫތު ޑިވެލޮޕްމަންޓް ކޮމިޝަން، މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ކޮމިޝަން، ހައި ޕާރފަމަންސް ވޮލީބޯލް ކޮމިޝަން، އަދި ހައި ޕާރފަމަންސް ބީޗް ވޮލީބޯލް ކޮމިޝަނުގެ މެމްބަރުކަމަށެވެ.
ވޮލީ އެސޯސިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަންގެ ކޮމިޝަންތަކަށް ޝައުޤުވެރިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުން، އެޕްލައި ކުރުމަށެވެ.
ވޮލީގެ ކޮމިޝަންތަކަށް އެޕްލައި ކުރުމަށް ހުޅުވާލާފައިވާއިރު، އާ އެކްސްކޯއާއެކު، މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ކުޅޭ ވޮލީގެ ވަރުގަދަ ލީގެއް އުފެއްދުމުގެ މަސައްކަތް ވޮލީ އެސޯސިއޭޝަނުންވަނީ ފަށާފައެވެ.