އެ މަގާމަށް އަޝްފާން ހަމަޖެއްސެވުމަށްފަހު އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ވަނީ އޭނައަށް މަރުހަބާ ކިޔައިފަ އެވެ. އަދި ބުނީ މުސްތަގްބަލުގައި އޭނާއަށް އިތުރު ކުރިއެރުމަށް އެދޭ ކަމަށެވެ.
އަޝްފާން ވަނީ އިމިގްރޭޝަންގެ ހިދުމަތުގައި 18 އަހަރު ހޭދަކުރައްވާފަ އެވެ.
އަޝްފާންއަކީ ކުޅިވަރުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ޒުވާނެކެވެ. އެގޮތުން އޭނާ ވަނީ ފުޓްބޯޅައިގެ އެކި މެޗުތަކުގައި ވާދަކޮށްފަ އެވެ.
ކުޅިވަރުގެ ދާއިރާގެ އެކި މަގާމުތައް ވެސް އަޝްފާން ވަނީ ފުރުއްވާފަ އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާއަކަށް މިހާރު ހުންނަވަނީ މުހައްމަދު ޝަމްއާން ވަހީދެވެ.